ޕެރޯލް ބޯޑުގެ މެންބަރުން ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހީމް (އަބުޗާ) އަށް ގާނޫނާ ހިލާފަށް ޕެރޯލްގެ ފުރުސަތުދީ، ޖަލުން މިނިވަންކުރި މައްސަލައިގައި ޕެރޯލް ބޯޑުގެ މެންބަރުން ވަކިކޮށްފި އެވެ.
އަމާން އުދަރެސް ޓަވަރަކުން ވެއްޓި މީހަކު މަރުވެއްޖެ
ހުޅުމާލެ 2 ގެ އަމާން އުދަރެސް ޓަވަރަކުން މީގެ އިރުކޮޅެއް ކުރިން ދިވެހި ޒުވާނަކު ވެއްޓި، މަރުވެއްޖެ އެވެ.
ޕެރޯލް ބޯޑުގެ ނިންމުން ބާތިލްކޮށް އަބުޗާ އަނބުރާ ޖަލަށް
އައްޑުއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހިމް (އަބުޗާ) ގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ކުށް ސާބިތުވެ ޖަލަށް ލާފައި ވަނިކޮށް ޕެރޯލްގެ ފުރުސަތުދީ، ޖަލުން މިނިވަންކުރި ނިންމުން ބާތިލްކޮށް އޭނާ އަނބުރާ މިއަދު ޖަލަށް ގެންގޮސްފި އެވެ.
މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި އެއްވެސް މީހަކަށް ޕެރޯލް ލިބޭނެ ކަމަށް ގަބޫލެއް ނުކުރަން: މިނިސްޓަރު
އިހުސާން ވިދާޅުވީ މަސްތުވާތަކެތީގެ އާ ގާނޫނު އައުމުގެ ކުރިން މި ފަދަ މައްސަލަތަކުގައި ޖަލަށް ލާފައިވާ މީހުންނަށް ވެސް ޕެރޯލްގެ ފުރުސަތު ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް.
އެޑިޓަރުގެ ހޮވުން
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ދޭ ސައިބާ ހަމަލާތައް އިތުރުވެއްޖެ: ފުލުހުން
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ދޭ ސައިބާ ހަމަލާތައް އިތުރުވެއްޖެ: ފުލުހުން
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ދޭ ސައިބާ ހަމަލާތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރިސޯޓެއްގައި ޗައިނާގެ ދެ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ ޓޫރިސްޓަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
ލޯންޗުތަކަށް އަރައިފޭބުން ފަސޭހަކުރަން އުތުރު ބަނދަރުގައި ފިންގަ ޖެޓީއެއް ހަދަން ފަށައިފި
މާލޭ އުތުރު ފަރާތު ބަނދަރުގައި ލޯންޗުތައް ކައިރިކުރާ ސަރަހައްދުގައި ފިންގަ ޖެޓީއެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
މަސްތުވާން ފައިސާ ނުލިބިގެން މަންމަގެ ގެއަށް ގެއްލުންދިން މީހަކު ޖަލަށް
މަސްތުވާތަކެތި ހޯދާނެ ފައިސާ ނެތިގެން އައި ރުޅީގައި، މަންމަ ދިރިއުޅޭ ގޭގެ ތަކެއްޗަށް ގެއްލުންދިނުމުގެ އިތުރުން، ކުރީގެ ކްރިމިނަލް ކޯޓު އިމާރާތުން ތަކެތި ވަގަށް ނެގި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، ޖަލަށްލާން ހުކުމްކޮށްފި އެވެ.
އީގަލް ހިލްސް އިން ސީރިއާގައި ބިޔަ ދެ މަޝްރޫއު ފަށަނީ
ޔޫއޭއީގެ އީގަލް ހިލްސް އިން ސީރިއާގައި ރިއަލް އެސްޓޭޓްގެ ބޮޑު ދެ މަޝްރޫއެއް ހިންގަން ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.