ބޮޑު މަޝްރޫއު ރާވާފައި އޮތީ ޑޮލަރު މައްސަލަ ހައްލުވާ ގޮތަށް
އެ މަޝްރޫއުގެ ފުރަތަމަ އަހަރު ރާއްޖެއަަށް 30 ބިލިއަން ޑޮލަރު އަދި އޭގެ ފަހުން އަހަރަކު ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރު ވަންނާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި.
ޕްލާސްޓިކް ހޮޅި ހުއްދަކުރުމަކީ ފަހަތަށް ދިޔުން: އެމްޑީޕީ
ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން އުވާލުމަކީ ތިމާވެށީގެ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އިމާމުންނަށް ފަރުމާކުރާ ދިވެހިވަންތަ ހެދުމުގެ ނަމޫނާއެއް
ރާއްޖޭގެ މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންނާއި ހަތީބުން ބޭނުންކުރަން ހާއްސަ ހެދުމެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައި، އޭގެ ނަމޫނާއެއް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ދައްކާލައިފި އެވެ.
ދައުލަތުގެ ވަކީލުން ބަލިވެ އުޅޭތީ ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި
ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކޮށް، އަދި އެ ފައިސާ ލޯންޑާކުރި ކަމަށް ބުނާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ މާދަމާގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
އެޑިޓަރުގެ ހޮވުން
ތިނަދޫން ކުއްޔަށްދިން ބިންތައް ގަވައިދާ ހިލާފަށް ބޭނުންކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ
ތިނަދޫން ކުއްޔަށްދިން ބިންތައް ގަވައިދާ ހިލާފަށް ބޭނުންކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ
ގދ. ތިނަދޫން އެކި ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތައް، އެއްބަސްވުމާ ހިލާފަށް ބޭނުންކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ބުނެފި އެވެ.
މަގުތަކަށް ޖަނަވާރު ދޫނުކުރަން ހޯނޑެއްދޫ ކައުންސިލުން އެދިއްޖެ
މަގުތަކަށް ޖަނަވާރު ދޫނުކުރަން ގދ. ހޯނޑެއްދޫ ކައުންސިލުން މިއަދު އެދިއްޖެ އެވެ.
ރާއްޖެއަށް ވަގަށް ވަދެ އުޅެނިކޮށް އަޑިއަށް ދިޔަ ދެ ބޯޓު ވީ ތަނެއް އަންގައިދޭން އެދިއްޖެ
ހުއްދަ ހޯދުމެއް ނެތި ރާއްޖެ ވަދެ އުޅެނިކޮށް އައި ގަދަ ކޮޅިގަނޑެއްގައި އޮޔާ ގޮސް އެންމެ ފަހުން އަޑިއަށް ދިޔަ ދެ ބޯޓު ވީ ތަނެއް ސާފުކޮށްދޭން އެ ދެ ބޯޓުގެ ކެޕްޓަން ދިވެހި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގައި އެދިއްޖެ އެވެ.
އީގަލް ހިލްސް މަޝްރޫއު ނިމޭއިރު އޮންނާނީ ކުރިއަރާފައިވާ އިންޓަގްރޭޓެޑް ސިޓީއެއް: ޒަރީރު
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏާ އެކު ދިވެހި ސަރުކާރުން އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން ހިންގާ މަޝްރޫއު ނިމޭއިރު، އޮންނާނީ ހުރިހާ ހިދުމަތެއް ލިބޭ އިންޓަގްރޭޓެޑް ސިޓީއެއް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރޭ ވިދާޅުވެއްޖެ އެވެ.
ފިތުރޯނު ގަސްތައް ކެނޑި ސަރަހައްދުގައި ހަ ވައްތަރެއްގެ ގަސް އިންދައި، ޕާކެއް ހަދަނީ
ހުޅުމާލޭގައި މެރީ ބްރައުން ހިންގާ އިމާރާތުގެ ކުރިމަތިން ވަރަށް ބޮޑަށް ހިޔާވާ ގޮތަށް ހެދިފައި ހުރި ފިތުރޯނު ގަސްތައް ނަގައި، އެތަނުގައި އެހެން ވައްތަރެއްގެ ގަސްތަކެއް އިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ބުނެފި އެވެ.