20 ބިލިއަން ޑޮލަރުގެ މަޝްރޫއަށް ޓެކްސް ލުޔެއް ނުދޭނެ
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްއާ ހަވާލުކުރީ ޓެކްސް ލުޔެއް ދޭ ގޮތަށް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ
ތިނަދޫގައި ރަޖިސްޓްރީކުރާ ތުއްތު ކުދިންނަށް މާލީ އެހީ ދެނީ
ގދ. ތިނަދޫގައި އަލަށް ރަޖިސްޓްރީވާ ތުއްތު ކުދިންނަށް މާލީ އެހީ ދޭން ފަށައިފި އެވެ.
އަމާން އުދަރެސްއިން ވެއްޓުނު ކުއްޖާގެ ފަރުވާއަށް އެހީ ހޯދަނީ
ހުޅުމާލޭގެ އަމާން އުދަރެސް އެޕާޓްމަންޓެއްގެ ކުޑަދޮރުން ވެއްޓުނު 16 އަހަރުގެ އަންހެން ކުއްޖާގެ ބޭސްފަރުވާއަށް އާންމުންގެ އެހީއަށް އާއިލާ އިން އެދިއްޖެ އެވެ.
އަލައްބާރު ދެއްވީ ރާއްޖޭގެ އިގުތިސާދާއި ރައްޔިތުންނަށް ފައިދާވާ ގޮތަށް ރަސްމާލެ މަޝްރޫއު ހިންގާނެ ކަމުގެ ޔަގީންކަން
ރާއްޖޭގައި އަލަން އާބާދު ކުރަން ތައްޔާރުވަމުން އަންނަ ރަސްމާލޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ އީގަލް ހިލްސްއިން ފަށަން ތައްޔާރުވާ ބިޔަ މަޝްރޫއު ކުރިއަށް ގެންދާނީ، ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަމުގެ ޔަގީންކަން ދުނިޔޭގެ މަޝްހޫރު އެމިރޭޓީ ވިޔަފާރިވެރިޔާ އަދި އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު މިއަދު ދެއްވައިފި އެވެ.
އެޑިޓަރުގެ ހޮވުން
ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ ސަރުކާރަށް، ރަނގަޅީ ކޮން ގޮތެއް؟
ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ ސަރުކާރަށް، ރަނގަޅީ ކޮން ގޮތެއް؟
ކުރިމަތީގައި އޮތް އެއް ސުވާލަކީ އިގްތިސާދީ ގޮތުން ދަތި ދަނޑިވަޅެއްގައި މި ނިންމުން ނިންމައިގެން ވާނެ ފައިދާއަކީ ކޮބައިތޯ؟ އޭގެ ޖަވާބުގައި މުންދު ވިދާޅުވީ، މިއީ ނޭފަތުކުރިއާ ހިސާބަށް ވިސްނާ ސަރުކާރެއް ނޫން ކަމަށް. ހިއްސާ ގަންނަން ކުރާ ހޭދަ މަދު އަހަރުތަކެއްގެ ތެރޭގައި ލިބޭނެ ކަމަށް ސަރުކާރުން ދެކޭ.
މިވަގުތު މުހިންމީ ދައުލަތުގެ ހަރުމުދަލެއް ވިއްކާލުން: ނަޝީދު
މި ވަގުތު ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަކީ ވަގުތުން ފައިސާ ލިބޭ ގޮތަށް ދައުލަތުގެ ހަރުމުދަލެއް ވިއްކާލުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންނަށް ހަމަލާދިނުމުގެ ތުހުމަތުގައި މާފުށިން ހައްޔަރުކުރި މީހުންގެ މައްސަލަ ޕީޖީއަށް
ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ކ. މާފުށިން ހައްޔަރުކުރި ފަސް މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
އެމްޑީޕީގައި ހޭދަވި މުއްދަތު ކުރުވެގެން ފައިސަލްއަށް ފާޑުކިޔާތީ ދިފާއުގައި ނުކުންނެވީ އިބޫގެ ކޮއްކޮ އަލީ ނިޔާޒް
އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގެންގުޅުއްވާއިރު، އެ މަނިކުފާނު އެމްޑީޕީގައި ހޭދަވީ ވަރަށް ކުރު މުއްދަތެއް ކަމަށް ބުނެ އެ ޕާޓީގެ އާއްމު މެމްބަރުންތަކެއް ފާޑުކިޔަން ފެށުމުން ދިފާއުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ކޮއްކޮ އަލީ ނިޔާޒް ނުކުންނަވައިފި އެވެ.
ގެސްޓް ހައުސް އެސޯސިއޭޝަނުން މޮސްކޯގައި ޓޫރިޒަމް ޕްރޮމޯޝަން އިވެންޓެއް ބާއްވައިފި
ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިއްމު އެއް މާކެޓް ކަމަށްވާ މެދުތެރޭ އޭޝިއާ އާއި އިރުމަތީ ޔޫރަޕަށް އަމާޒުކޮށްގެން މޯލްޑިވްސް ނެޝަނަލް ހޮޓެލްސް ގެސްޓް ހައުސް އެސޯސިއޭޝަން (އެންއެޗްޖީއޭއެމް) އިން ބާއްވާ "އައި އޭމް މޯލްޑިވްސް" ރޯޑްޝޯގެ ފުރަތަމަ އިވެންޓް ރަޝިއާގެ ވެރިރަށް މޮސްކޯގައި ބާއްވައިފި އެވެ.