ޒަރެއްގެ މިންވަރު ވެސް ބޭރު ބަޔަކަށް ނުދޭނަން: ރައީސް
ޕީއެންސީން އަބަދުވެސް ތަންފީޒު ކުރަމުންދާނީ އެންމެ ފުރަތަމަ ގައުމުގެ ސިޔާސަތު ކަމަށާއި ރާއްޖޭގެ ޒައްރެއްގެ މިންވަރު ވެސް ބޭރުގެ ބަޔަކަށް ނުދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކީ އެސްޑީއެފް ފައިސާއިން
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު ދެއްކީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ބެލްކަންޏެއްގައި ޖިންސީ ގުޅުން ހިންގި 2 މީހުން ހައްޔަރު
ހުޅުމާލެ 2 ގެ ހިޔާ ފްލެޓެއްގެ ބެލްކަނީގައި އާއްމުންނަށް ފެންނަ ގޮތަށް ޖިންސީ ގުޅުން ހިންގި މައްސަލައިގެ ތުހުމަތުވާ ދެ މީހުން ހައްޔަރުކޮށްފި އެވެ.
ރައީސް މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް އަރުވައިފި
މީގެ ދެ އަހަރު ފަހުން 2028 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުގެ ގޮތުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ޓިކެޓް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ ޕާޓީގެ ކޮންގްރެސް އިން ދެންމެ އަރުވައިފި އެވެ.
އެޑިޓަރުގެ ހޮވުން
އިންޑިއާއަށް "ގެއްލުނު" ތޮއްޑޫ އާއިލާއަށް އިތުރު ހިތްދަތިކަމެއް، ރަޖިސްޓްރީ އޮތް ދަފްތަރު ވެސް އުވާލައިފި
އިންޑިއާއަށް "ގެއްލުނު" ތޮއްޑޫ އާއިލާއަށް އިތުރު ހިތްދަތިކަމެއް، ރަޖިސްޓްރީ އޮތް ދަފްތަރު ވެސް އުވާލައިފި
މިއީ 1960 ގެ އަހަރުތަކުގައި އިންޑިއާއަށް ކިޔަވަން ދިޔަ ގޮތަށް ޚަބަރެއް ނުވެ އުޅުނު މީހެއްގެ ދަރިން. އޭނާ ދުނިޔޭގައި ހުރިކަމާއި އިންޑިއާގައި އާއިލާއެއް ބިނާކޮށްފައިވާކަން އެނގުނީ އެތައް އަހަރެއް ފަހުން. އޭރު ވަނީ ރަށުގައި އޮތް އޭނާގެ ގޯތި ވެސް ގެއްލިފައި.
ކޮންގްރެސް ނިންމާލީ ރިޔާސީ ކެމްޕެއިން ފަށަމުން، އަޒުމެއް ނުގުޑާނެ: އަބްދުއްރަހީމް
ޕީއެންސީގެ ކޮންގްރެސް ރޭ ނިންމާލީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފަށަމުން ކަމަށާއި އެ އިންތިހާބު ކާމިޔާބު ކުރަން އެ ޕާޓީގެ ސަފުތައް ރުކުރުވާލާނެ ކަމަށް ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަމާޒަކީ ގެޔަށް ގެންދަން ލިބޭ މުސާރަ ކުރިއަށް ވުރެ ބޮޑުކޮށްދިނުން: ރައީސް
ސަރުކާރުގެ އަމާޒަކީ މުވައްޒަފުން ގެއަށް ގެންދަން ލިބޭ މުސާރަ ކުރިއަށްވުރެ ބޮޑުކޮށްދިނުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހިލަގާތަކުގެ ތެރޭގައި މީހަކު ތާށިވެއްޖެ
މާލޭގެ ސްކޭޓް ޕާކާ ދިމާލުން ތޮށިގަނޑު ކައިރިން ހިލަގާތަކުގެ ތެރޭގައި މިއަދު ހަވީރު ތާށިވި މީހަކު ސަލާމަތްކޮށްފި އެވެ.
ޓޫރިސްޓުންގެ އަދަދު 2.9 ޕަސެންޓް ދަށަށް
މި މަހުގެ ފުރަތަމަ 15 ދުވަހު ރާއްޖެ އަށް އައި ޓޫރިސްޓުން 2.9 ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.