ކުއްޖާއަށް ޖިންސީ ގޯނާކުރުމުގައި މަންމަ ބައިވެރިވިތޯ ބަލަނީ
އުމުރުން އެންމެ ތިން އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި މައްސަލައެއްގައި ބައްޕައަކު ހައްޔަރުކޮށްފައިވާއިރު އެ މައްސަލާގައި ކުއްޖާގެ މަންމަގެ ބައިވެރިވުން އޮތްތޯ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެއް ވެހިކަލަށް ވުރެ ގިނައިން ގެންގުޅޭނަމަ އިތުރު ފީއެއް
މާލެ ސަރަހައްދުގައި އަމިއްލަ ބޭނުމަށް އެއް ވެހިކަލަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓަރީ ކުރާ ނަމަ "މަލްޓިޕްލް އޯނާޝިޕް ފީ"ގެ ނަމުގައި ނަގާ ފީއެއް އެއްގަމު ދަތުުރުފަތުރުގެ ގާނޫނުން ތައާރަފްކޮށްފި އެވެ.
ހުއްދަނެތި ޑޮލަރު ވިއްކާ ކުންފުންޏެއްގެ އޮފީސް ރެއިޑްކުރަނީ
ޑޮލަރުގެ ސައްހަ ނޫން ވިޔަފާރިކުރަން މި ކުންފުނިން ބޭނުންކުރާ އެކައުންޓްތައް ވަނީ ފްރީޒްކޮށްފައި. ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމުގެ މަސައްކަތަށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލާފައި ވާއިރު މި ޓާސްކްފޯހުގެ ބެލުމުގެ ދަށުން ފެށި މަސައްކަތުގައި އިއްޔެ ވެސް ވަނީ ގިނަ އަދަދެއްގެ ޑޮލަރުން މުއާމަލާތުކޮށްފައިވާ ހަ ބިދޭސީއަކު ހައްޔަރުކޮށްފައި.
އެހެން ގޮތެއް ނެތިގެން ނޫނީ ކައުންސިލްތަކުގެ ބިންތައް ވަކިކުރާކަށް ބޭނުމެއް ނޫން: ރައީސް
ތަރައްގީގެ މަޝްރޫއުތައް ހިންގަން ލޯކައުލް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހުންނަ ބިންތައް ވަކިކުރުމަކީ އެހެން ގޮތެއް ނެތިގެން ނޫނީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެޑިޓަރުގެ ހޮވުން
ޒީވާގެ ވަކިވުން: އާފިޔާ ހިއްސާކުރީ އެކުގައި ހޭދަކުރި ވަގުތުކޮޅު
ޒީވާގެ ވަކިވުން: އާފިޔާ ހިއްސާކުރީ އެކުގައި ހޭދަކުރި ވަގުތުކޮޅު
ކެއާ ސޮސައިޓީގެ ކުރީގެ ހިންގުންތެރިޔާ ފާތިމަތު އާފިޔާ ހުންނެވީ ނުވަ އަހަރުގެ ޒީވާ އަހްމަދު ސިނާންއާ އަލުން ބައްދަލުވުމުގެ އުއްމީދުގަ އެވެ. އެކަމަކު އެ ފުރުސަތު ނުލިބި ޒީވާ ނިޔާވި ހަބަރުން އޭނާއަށް ލިބިވަޑައިގަތީ ޝޮކެކެވެ. ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ފަރުވާ ދެނިކޮށް ޒީވާ ނިޔާވީ މިއަދެވެ.
މިފްކޯގެ ޗެއާޕާސަނަކަށް މަނާގޭ ފާއިޒް
ދައުލަތުގެ މަސްކުންފުނި، މިފްކޯގެ ޗެއާޕާސަނަކަށް ވިޔަފާރީގެ ތަޖުރިބާކާރެއް ކަމަށްވާ މއ. މަނާގޭ، އަބްދުﷲ ފާއިޒް މިއަދު އައްޔަންކޮށްފި އެވެ.
ތިނަދޫގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގައި ސައުދުގެ މައްޗަށް ދައުވާކޮށްފި
ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޖިނާއީ ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ފޮނުވައިފި އެވެ.
ދަނޑުވެރިކަމުގެ ބޮޑު ޕްރޮޖެކްޓެއް ހިންގަން ބޭރު ބަޔަކަށް ކާށިދޫން އެއް ހެކްޓަރުގެ ބިން
ބޭރުގެ ކުންފުންޏަކަށް ކ. ކާށިދޫން އެއް ހެކްޓަރުގެ ބިމެއް ހަވާލުކޮށްގެން ދަނޑުވެރިކަމުގެ ބޮޑު ޕްރޮޖެކްޓެއް ފަށަން ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސިޑެންޓެއްގައި ދެބަފައިންނަށް އަނިޔާވެ، ބައްޕަގެ ހާލު ސީރިއަސް
ހުޅުމާލެ 2 ގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި ބައްޕައަކާއި ދަރިއަކަށް އަނިޔާވެ ބައްޕަގެ ހާލު ސީރިއަސް ވެއްޖެ އެވެ.