ކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ ހުކުމް ދަމަހައްޓައިފި
އަނބިމީހާގެ އަށް އަހަރުގެ ކޮއްކޮއަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް އިއްވާފައިވާ 18 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.
ވަކިވަކި މީހުންނަށް ފައިދާވާ ގޮތަށް ކޯޓޭޝަން ހޯދި!
ވަކިވަކި މީހުންނަށް ފައިދާވާހެން ގުޅުން ހުރި ވިޔަފާރިތަކުން މާލެ ސިޓީ ކައުންސިލަށް ކޯޓޭޝަން ހޯދާފައިވާއިރު، ލިބުނު އާމްދަނީގެ ތަފްސީލު ވެސް ދިމާނުވާ ކަމަށް އެ ކައުންސިލުގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
ހިތުގެ ފަރުވާއާ ގުޅޭ ކްލިނިކެއް އައްޑޫގައި ހުޅުވައިފި
ނޭޝަނަލް ސެންޓާ ފޯ ކާޑިއޯވަސްކިއުލާ ސައިންސަސް (އެންސިސީއެސް) ގެ އެއްބާރުލުމާ އެކު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ކާޑިއަކް އިމްޕްލާންޓެބަލް އިލެކްޓްރޯނިކް ޑިވައިސް (ސީއައިއީޑީ) ފޮލޯއަޕް ކްލިނިކެއް ހުޅުވައިފި އެވެ.
ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ރާއްޖެ އަށް އެތެރެކުރަން އުޅުނު ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އިއްޔެ އަތުލައިގެންފި އެވެ.
އެޑިޓަރުގެ ހޮވުން
ސައިބާރީ އަށް ނުކުޅެވޭ، އެކަމަކު މޮރޮކޯ ކޯޗު އިތުބާރާ އެކު
ސައިބާރީ އަށް ނުކުޅެވޭ، އެކަމަކު މޮރޮކޯ ކޯޗު އިތުބާރާ އެކު
ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި މިރޭ ފްރާންސާ ދެކޮޅަށް ކުޅޭ މުހިއްމު މެޗުގައި މޮރޮކޯގެ ފޯވާޑް އިސްމާއީލް ސައިބާރީ އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަމަށް ކޯޗު މުހައްމަދު އުއާބީ ބުނެފި އެވެ.
ހދ.ގެ ކޯޓުތަކުން ހަ މަސް ދުވަހުން 451 މައްސަލަ ނިންމައިފި
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ހދ. ޖުޑީޝަލް ދާއިރާއިން ޖުމްލަ 451 މައްސަލަ ނިންމައިފި އެވެ.
ޔުނިސެފުން ރާއްޖެއަށް 28،000 ޑޯޒުގެ މީސަލްސް ވެކްސިން ހަދިޔާކޮށްފި
ޔުނިސެފުން ރާއްޖެ އަށް މީސަލްސް-ރުބެއްލާ (އެމްއާރު) ވެކްސިންގެ 28،000 ޑޯޒު ހަދިޔާ ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެއް ވަގުތެއްގައި މާލޭގެ ތިން ތަނެއްގައި ރޯވެއްޖެ
މާލޭ ތިން ސަރަހައްދެއްގައި އަލިފާނުގެ ހާދިސާ ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށާއި އެތަންތަނަށް އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ސާވިސް އިން އެޓެންޑުވަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނެފި އެވެ.
ހޯރަފުށިން ގަވާއިދާ ހިލާފަށް ބިމެއް ދިން މައްސަލާގައި ކުރީގެ މެމްބަރުންނަށް ދައުވާ ކޮށްދޭން ފޮނުވައިފި
ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރިކުރުމަށް ގަވާއިދާ ހިލާފަށް ބިމެއް ދިން މައްސަލާގައި ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ މެމްބަރުންނަށް ދައުވާ ކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.