އިމާރާތަކުން ބަޔަކު ވެއްޓުނު މައްސަލާގައި ކުންފުނި ޖޫރިމަނާ
މާލޭގެ މަޖީދީމަގުގައި ހަދަމުން ދިޔަ އިމާރާތަކުން ބަޔަކު ވެއްޓުނު މައްސަލާގައި އިހުމާލުވި ކުންފުނި 5،000ރ. އިން އިއްޔެ ޖޫރިމަނާކޮށްފި އެވެ.
ހުޅުމާލެ ހޮސްޕިޓަލުން "އައުޓްޕޭޝަންޓް ނާސިން" ފަށައިފި
ހުޅުމާލެ ހޮސްޕިޓަލުންދޭ އަވަސް ފަރުވާގެ ހިދުމަތް ލުއި ފަސޭހަކޮށް އަވަހަށް ފޯރުކޮށްދިނުމަށް "އައުޓްޕޭޝަންޓް ނާސިންގް ސާވިސަސް" އިއްޔެ ފަށައިފި އެވެ.
ރާއްޖެ-އިންޑިއާ އެފްޓީއޭ މިއަހަރު ފަށަން މަސައްކަތްކުރަނީ
ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމުކުރުމަށް ހަމަޖެހިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އައިއެމްއެފްޓީއޭ) މިއަހަރުގެ ތެރޭގައި އަމަލީގޮތުން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އުންމީދަކަށް ވާނެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
25 އަހަރަށް ފަހު ރިޓަޔާކުރާ ފުލުހުންނަށް، މަގާމުގައި ތިބި އިރު ލިބުނު ގޮތަށް ބޭސްފަރުވާގެ އިނާޔަތް
ފުލުހުންގެ ހިދުމަތުގައި 25 އަހަރު އުޅުމަށް ފަހު ރިޓަޔާކުރާ ފުލުހުންނަށް ވަޒީފާގައި ދެމިހުންނަ މުއްދަތުގައި ލިބޭ ގޮތަށް ހިލޭ ބޭސްފަރުވާގެ އިނާޔަތް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
އެޑިޓަރުގެ ހޮވުން
ފުލުހުންގެ "ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑާ" ގެ ހިދުމަތް އަންނަ އަހަރު ތައާރަފްކުރަނީ
ފުލުހުންގެ "ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑާ" ގެ ހިދުމަތް އަންނަ އަހަރު ތައާރަފްކުރަނީ
ކަމެއް ހިނގައިގެން ރިޕޯޓްކުރާ ހިސާބުން އެ ކަމެއް ހިނގާ ތަނުގެ ހާލަތު ބަލަން އަވަހަށް ފޮނުވާ "ޑްރޯން އޭޒް ފާސްޓް ރެެސްޕޮންޑާ" އަންނަ އަހަރު ހިދުމަތަށް ނެރޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
ގާނޫނު އޮތް ގޮތުން ފުލުހުންނަށް ހުރަސްތަކެއް އެބަހުރި، އެކަން ބަދަލުކުރާނަން: ރައީސް
ހަމަޖެހުމާއި ރައްކާތެރިކަން ގާއިމްކުރަން ފުލުހުން ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ނަމަވެސް އެކަމުގައި ފުލުހުންނަށް ގާނޫނީ ގޮތުން ހުރަސްތަކެއް އެބަހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މަސްވެރިކަމަށް ޒުވާނުން އަހުލުވެރިކުރަން ތަމްރީން ޕްރޮގްރާމްތަކެއް ފަށަނީ
މަސްވެރިކަމުގެ ސިނާއަތަށް ޒުވާނުން އަހުލުވެރިކުރުވުމަށް ރަށްރަށުގައި ތަމްރީން ޕްރޮގްރާމުތަކެއް ފަށަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.
އުސްގެކޮޅު ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދަނީ
މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުން އަންނަ އާސާރީ ބިނާއެއް ކަމަށްވާ އުސްގެކޮޅަށް ބަޔަކު ވަދެ ގްރެފިޓީ ކުރަހައި ގެއްލުން ދިން މައްސަލައާ އެކު އެތަން ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތްކުރަމުން އަންނަ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސަިއން ޝަރީފު (މުންދު) އިއްޔެ ވިދާޅުވެއްޖެ އެވެ.
ކުއްލި ހާލަތަށް ތައްޔާރުވާން އެމްއޭސީއެލުން ތިން އިދާރާއަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތިން އިދާރާއަކާ އެކު ކްރައިސިސް މެނޭޖްމަންޓާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.