މިފަހަރު ވެސް ހުރިހާ ކަމެއް ޖަހަންވީ ކޯޗު ބޮލަށްތަ؟
ދިވެހި ފުޓްބޯޅަ އޮތީ ބަލި އެނދުގަ އެވެ. އެ ބަލި ފަސޭހަކުރަން އެފްއޭއެމްގެ އާ މެނޭޖްމަންޓުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ މުބާރާތުގައި ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު މެޗުތަކުގެ ނަތީޖާ ދެއްކި ގޮތުން އަދިވެސް ޓީމުގެ ހާލަތު ވަރަށް ގޯހެވެ. އަމިއްލަ ދަނޑުގައި ޕާކިސްތާން އަތުން ބުރާސްފަތި ދުވަހު 3-0 އިން ބަލިވުމަކީ ވަރަށް ބޮޑު ވެއްޓުމެކެވެ.
ޕާޓީ ބަދަލުކުރުމުން ޝުޖާއުގެ ގޮނޑިއާ މެދު ގޮތެއް ނިންމަނީ
ޑިމޮކްރެޓްސްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ މަގާމަށް އިންތިހާބުވި ޝުޖާއު އަލީ އެމްޑީޕީއަށް ބަދަލުވުމުން، އޭނާގެ ގޮނޑިއާ މެދު ގޮތެއް ނިންމަންދެން ގޭގައި މަޑުކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ޝުޖާއުއަށް އަންގައިފި އެވެ.
"ތިމާވެށި ހިމާޔަތްކުރާ ވާހަކަ ދައްކަނީ ނަތީޖާ ނެރެވޭ ގޮތަށް"
ސަރުކާރުން ކުރިއަށް ދާނީ ތަރައްގީ އާއި ތިމާވެށި ގުޅިލާމެހިގެންދާ ގޮތަށް ކަމަށާއި، ގައުމުގެ މުސްތަގުބަލު ބައްޓަން ކުރުމުގައި ނާޒުކު ތިމާވެށި ހިމާޔަތްކުރެވި އަދި ދުނިޔޭގެ އެހެން ގައުމުތަކުން އެކަމަކަށްޓަކާ ރާއްޖެ އިން މިސާލު ނަގަން ބޭނުންވާނެ ގޮތަށް ކަމަށް ރައިސް ވިދާޅުވި އެވެ.
ހިތަދޫ އުތުރު ދާއިރާ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފި
އައްޑޫ ހިތަދޫ އުތުރު ދާއިރާ ބައި އިލެކްޝަންގެ ވޯޓުލުން ދެންމެ ފަށައިފި އެވެ.
އެޑިޓަރުގެ ހޮވުން
ފެނަކައިން ޕޭ ލީވާއި ނޯޕޭ ލީވް ދިނުން މަޑުޖައްސާލައިފި
ފެނަކައިން ޕޭ ލީވާއި ނޯޕޭ ލީވް ދިނުން މަޑުޖައްސާލައިފި
ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރަން ކުންފުންޏަށް ގެންނަ ބަދަލުތަކުގެ ތެރެއިން ޕޭ ލީވާއި ނޯޕޭ ލީވް ދިނުން މަޑުޖައްސާލައިފި އެވެ.
ބީއެމްއެލްއިން ފަސް މަސް ދުވަހުގެ ތެރޭގައި 345 މިލިއަން ޑޮލަރު ވިއްކައިފި
މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޖުމްލަ 345 މިލިއަން ޑޮލަރު (ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ) ވިއްކާފައިވާކަން އެ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ހިސާބު އިލްމުގެ ބައިނަލްއަގްވާމީ މުބާރާތަކުން ދިވެހި ދަރިވަރުންތަކެއް އެއްވަނަ ހޯދައިފި
ހިސާބު އިލްމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ ބޮޑު މުބާރާތަކުން ދިވެހި ދަރިވަރުންތަކެއް ރަން ވަނަތަކެއް ހޯދައިފި އެވެ.
އައްޑޫގެ އުމްރާނީ ހުރިހާ ތަރައްގީއަކީ އެމްޑީޕީގެ އެއްޗެއް: ނަޝީދު
އައްޑޫގެ އުމްރާނީ ހުރިހާ ތަރައްގީއަކީ އެމްޑީޕީގެ އެއްޗެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ސަބްސްކްރިޕްޝަން ލިމިޓެއް ނުކުރަން, ފައިސާ ނުދެއްކޭ މައްސަލަ ހައްލުކޮށްދޭނަން: ބީއެމްއެލް
ބީއެމްްއެލްގެ ރުފިޔާ ކާޑުން ރާއްޖޭން ބޭރުގެ އީކޮމާސް ވެބްސައިޓްތަކަށް ފައިސާ ދެއްކޭ އަދަދު ލިމިޓްކޮށްފައި ވިޔަސް އޭގެ ތެރޭގައި، އާންމުކޮށް ބޭނުންކުރާ ހިދުމަތްތަކުގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް ހިމަނާފައި ނުވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.