ސާވިސް ޗާޖާ ގުޅޭ ބިލަށް ބަދަލު ގެނެސް ފާސްކުރާނެ: ފަލާހު
ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ މާރުނުކޮށް، އެ ފައިސާ ނެގި ބާވަތުން މުވައްޒަފުންނަށް ދޭން ލާޒިމުކޮށް ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި ބިލަށް ކުރިން ފާޑުވިދާޅުވި ނަމަވެސް އެ ބިލް ބަލައިގަނެ، ބަދަލުތައް ގެނެސްގެން ފާސްކުރާނެ ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
މީހަކަށް އަނިޔާވީ ބާރުގެ ބޭނުންކޮށްގެންނެއް ނޫން: ޕޮލިސް
ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކުރުމުން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށް ބުނި ނަމަވެސް ފުލުހުން ބާރުގެ ބޭނުންކޮށްފައިނުވާ ކަމަށާއި އެ މީހާ ހޮސްޕިޓަލަށް ގެންދަން ޖެހުނީ ފުލުހުން ކުރި ކަމެއްގެ ސަބަބުން ނޫން ކަމަށް ބުނެފި އެވެ.
ހައްޖާ އުމްރާއާ ބެހޭ ގާނޫނެއް ހަދަނީ
އުމްރާ އަށް މީހުން ގެންދާ ގްރޫޕްތަކުން މީހުންނަށް އިހުމާލުވުން ހުއްޓުވަން، ހައްޖާއި އުމްރާއާ ބެހޭ ގާނޫނެއް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ލިޓަންގެ މަރު: ނިޒާމް އުމުރަށް ޖަލަށް
ބޯޓެއްގައި މަސައްކަތްކުރި ބިދޭސީއަކު ގެއްލުނު މައްސަލާގައި، އޭނާ މަރާލުމުގެ ދައުވާ ސާބިތުވި މުހައްމަދު ނިޒާމް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެޑިޓަރުގެ ހޮވުން
މުސާރައިގެ އާ އޮނިގަނޑުގައި ހުރި މައްސަލަތައް އެބަ ހައްލުކުރަން: ޕޭ ކޮމިޝަން
މުސާރައިގެ އާ އޮނިގަނޑުގައި ހުރި މައްސަލަތައް އެބަ ހައްލުކުރަން: ޕޭ ކޮމިޝަން
ޕޭ ކޮމިޝަނުން ބުނީ، އާ އޮނިގަނޑަށް ހިޖުރަކޮށްފައިވާ އިދާރާތަކުގައި ހުރި ކަންބޮޑުވުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ސަރުކާރުން މަޝްވަރާ އަށް އަންނަންދެން އެމްޑީޕީގެ އިހުތިޖާޖު ހުއްޓާނުލާނެ ކަމަށް!
އިދިކޮޅު އެމްޑީޕީން މާލޭގައި ސިލްސިލާކޮށް ކޮންމެ ރެއަކު މިހާރު ކުރަމުންދާ އިހުތިޖާޖު، ސަރުކާރުން މަޝްވަރާގެ މޭޒު ދޮށަށް އަންނަންދެން ހުއްޓާ ނުލާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ސިޔާސީ މީހުންގެ ހުތުރު ބަސްމަގާ ހެދި ރައްޔިތުންގެ އިތުބާރު ދަނީ ގެއްލެމުން: ދިރާސާ
ސިޔާސީ މައިދާނުގެ ބޭއަދަބީ އަމަލުތަކާއި ހުތުރު ބަސްމަގުގެ ސަބަބުން، ސިޔާސީ ލީޑަރުންނަށް އާންމުން ކުރާ އިތުބާރު ކުޑަވެ، އިންތިހާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު މަދުވުމުގެ ފުރުސަތު ބޮޑުވަމުންދާ ކަމަށް އަންގާރަ ދުވަހު ޝާއިއުކުރި ސްވިޑަންގެ ދިރާސާ ރިޕޯޓެއްގައި ބުނެފި އެވެ.
އައްޑޫ މޭޔަރު ނިޒާރު، ނަޝީދާއި ފައްޔާޒާ އެކު!
އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ވެރިކަން ހޯދައި ދިނުމަށް ނަޝީދު އިސްވެ ފައްޓަވާފައިވާ މަސައްކަތްޕުޅުގައި އެ ދެ ބޭފުޅުންނާ އެކު މަސައްކަތް ކުރައްވަން އައްޑޫ މޭޔަރު އަލީ ނިޒާރު ނިންމަވައިފި އެވެ.
ދަރޭތި
(އާދިއްތަ ދުވަހާ ގުޅޭ)