ބާ ވެހިކަލް ނައްތާލާނީ ބަދަލު ދީފައި: ސައީދު
ބާ ވެހިކަލްތައް ނައްތާލާ ގޮތަށް ގާނޫނުގައި އޮތް ނަމަވެސް އެކަން ކުރާނީ ބަދަލު ދީފައި ކަމަށް، އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޗާގޯސްއާ ބެހޭ ގޮތުން މަޝްވަރާކުރާނީ މޮރިޝަސްއާ: ޔޫކޭ
ރާއްޖޭގެ ދެކުނުގައިވާ ޗާގޯސް އާކިޕަލަގޯގެ ސިޔާދަތަކީ ހަމަ އެކަނި ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) އާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށާއި އެކަމުގައި ދިވެހިރާއްޖެއާ މަޝްވަރާ ނުކުރަނީ އެހެންވެ ކަމަށް ޔޫކޭ އިން އަނެއްކާވެސް ބުނެފި އެވެ.
މާލެއަށް ވަކި އުސޫލެއް ހެދީ އެހެން ގޮތެއް ނެތިގެން: ސައީދު
އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގައި މާލެއަށް ވަކި އިންތިޒާމެއްތަކެއް ހިމަނައި ވަކި އޮފީހެއް ގާއިމްކުރަން ކަނޑައެޅީ މާލެއަށް ކުރިމަތިވެފައިވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ އެހެން ގޮތަކަށް ހައްލުނުވާނެތީ ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެލްނީނޯގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ދުރާލައި ތައްޔާރުވެ ތިބުމަށް އަންގައިފި
ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާއިރު އޭގެ ސަބަބުން ރާއްޖެ އަށް ކުރާ އަސަރުތައް ކުޑަކުރުމަށާއި ކުރިމަތިވެދާނެ ކާރިސާއަކަށް ދުރާލައި ތައްޔާރުވެ ތިބުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އަންގައިފި އެވެ.
އެޑިޓަރުގެ ހޮވުން
ގިނަ ދިވެހިން ތިބީ ތައުލީމީ ފެންވަރާ ދިމާނުވާ ވަޒީފާތަކުގައި
ގިނަ ދިވެހިން ތިބީ ތައުލީމީ ފެންވަރާ ދިމާނުވާ ވަޒީފާތަކުގައި
ބޯހިމެނުން 2022 ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ ތެރެއިން 51 ޕަސެންޓް މީހުން، ނުވަތަ 85,025 މީހުން ތިބީ ތައުލީމީ ފެންވަރާ ދިމާނުވާ ވަޒީފާތަކުގައި.
އެފްޑީސީގެ ޓަވަރުތަކުގެ ކުޑަދޮރުތައް ބޮޑަށް ނުހުޅުވޭ ގޮތް ހަދަނީ
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ފަށާފައިވާ މަސައްކަތުގައި، ކުޑަދޮރުތައް ހުޅުވޭ ވަރު ކުޑަކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެލް ނީނޯގެ ސަބަބުން ދުނިޔޭގެ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ
އެލް ނީނޯގެ ސަބަބުން ދުނިޔޭގެ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ އދ.ގެ އެޖެންސީ ޔޫއެންޑީއާރުއާރުގެ ކޯޕަރޭޓް ޗީފް ރެޒިލިއަންސް އޮފިސަރުންގެ ނެޓްވޯކުން ނެރުނު އެލް ނީނޯ އެޑްވައިޒަރީ ރިޕޯޓުގައި ބުނެފި އެވެ.
ބިލެއްދޫގެ ރަށްވެހިކަން ދޫކޮށްލާ ނަމަ 5،000ރ. ގެ ފީއެއް، ރަށްވެއްސަކަށް ވާ ނަމަ 2،500ރ. ގެ ހަދިޔާއެއް
ފ. ބިލެއްދޫގެ ރަށްވެހިކަން ދޫކޮށްލާ ނަމަ 5،000ރ. ގެ ފީއެއް ނެގުމަށާއި ރަށްވެއްސަކަށް ވާ ނަމަ 2،500ރ. ގެ ހަދިޔާއެއް ދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
ހީނާމާގެ އާއި ސޯސަންގޭ ޒޯންގައި ޕާކިން ބިލްޑިން އަޅަން އަންނަ ހަފުތާގައި ހަވާލުކުރަނީ
މާލޭގެ މަޖީދީ މަގުގައި އޮންނަ ހީނާމާގޭ ޕާކިން ޒޯނާއި ސޯސަންމަގުގެ، ސޯސަންގޭ ޕާކިން ޒޯން އޮތް ތަނުގައި ޕާކިން އިމާރާތް އަަޅަން އަންނަ ހަފުތާގައި ސޮއިކުރާނެ ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މިއަދު ވިދާޅުވެއްޖެ އެވެ.