ފަވަރަ، ޔޫޕީއައި ގުޅާލުމުން ޑޮލަރަށް ޑިމާންޑް ދަށްކުރެވޭނެ
ފަވަރަ އާއި ޔޫޕީއައި ގުޅާލުމުން އިންޑިއާ އާއި ރާއްޖޭގެ ބޭންކްތަކާ އެކު ހަދާ ޕޭމެންޓްތަކުގެ ހަރަދު ކުޑަވެ، ޑޮލަރަށް އޮތް ޑިމާންޑް ދަށް ކުރެވޭނެ ކަމަށް ރާއްޖޭގެ ބައެއް ބޭންކުތަކުން ބުނެފި އެވެ.
ހަމަދު ސްކޫލުގެ ދުވަސްވީ ޓީޗަރެއްގެ ކުއްލި މަރުން ހިތާމަ
ލ. ގަމުގައި ހުންނަ ހަމަދު ބިން ހަލީފާ އަލް ތާނީ ސްކޫލުގައި ބަޔޮލޮޖީ ކިޔަވައިދެމުން އަންނަތާ 18 އަހަރު ވެފައިވާ ޓީޗަރެއް ކަމަށްވާ އައި ސަތީޝް ގޮޕިނަތަން އިއްޔެ ނިޔާވެއްޖެ އެވެ.
ރިސޯޓުތަކުގެ މުއްދަތު އިތުރުކޮށްގެން 120 މިލިއަން ޑޮލަރު
މިިދޔަ އަހަރު ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެންނާއި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އިން 120 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) ލިބުނު ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓް ނަތީޖާ ބަޔާނުން އެނގިއްޖެ އެވެ.
ފައިނޭންޝަލް ފޯރަމުން ފެނުނު ތަސައްވުރު: މި ދަނީ "އިންވިޒިބަލް ޕޭމަންޓް" އަށް
ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓަކު، އޭނާ ދާން ނިންމި ރިސޯޓަށް ދިއުމަށް ބޭނުންވާ ސީޕްލޭން ދަތުރާއި ސްޕީޑް ބޯޓު ދަތުރާއި އެކްސްކާޝަންތަކަށް ކުރާ ހޭދައިގެ ޕޭމަންޓްތައް އެޕްލިކޭޝަން ޕްރޮގްރާމް އިންޓަފޭސް (އޭޕީއައި) އެއް މެދުވެރިކޮށް އެއްފަހަރާ ދައްކާލެވުމަކީ ކިހާ ބޮޑު ފަސޭހައަކަށްވާނެ ހެއްޔެވެ؟ މިކަން ވާނީ ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވެ، އެފަދަ ޓެކްނޮލޮޖީތައް ބޭނުންކުރާ މީހުން ރާއްޖެ އައުމަށް ނުވަތަ ގެނައުމަށް އިތުރު ހިތްވަރަކަށެވެ. މިއީ ރާއްޖެއަށް އާ ކަމެއް ނަމަވެސް ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އަންނަނީ އޭޕީއައި ނިޒާމުތައް ޓެސްޓްކޮށް ބޭނުން ކުރަމުންނެވެ.
އެޑިޓަރުގެ ހޮވުން
އިންސްޓޯލްމަންޓަށް ފައިސާ ދައްކަން ބީއެމްއެލްއިން "ސްޕްލިޓް ޕޭ" ތައާރަފްކޮށްފި
އިންސްޓޯލްމަންޓަށް ފައިސާ ދައްކަން ބީއެމްއެލްއިން "ސްޕްލިޓް ޕޭ" ތައާރަފްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް "ބީއެމްއެލް ސްޕްލިޓް ޕޭ" ތައާރަފްކޮށްފި އެވެ.
ހޯޕް އައިލެންޑަކީ ކުށްކުރާ ކުދިން މަދުކުރުމަށް އޮތް ޒަމާނީ އެއް ހައްލު: ރައީސް
ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިސްލާހު ކުރުމަށް ހަދާ "ހޯޕް އައިލެންޑް"އަކީ މި މުޖުތަމައުގައި އުޅޭ ކުށްކުރާ ކުދިންގެ އަދަދު މަދުކުރުމަށް އޮތް ޒަމާނީ އެއް ހައްލު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވިއަންއަށް އެމްޑީޕީން ދޭންޖެހޭ 3.6 މިލިއަން ރުފިޔާ ދައްކަން ކޯޓުން ބޭރު އެއްބަސްވުމަކަށް
އެ މައްސަލަ ކޯޓުގައި އޮއްވައި އެމްޑީޕީ އާއި އައިއޭއެސްއާ ދެމެދު ސްޓެލްމަންޓް އެގްރިމެންޓެއް ވަނީ ގާއިމްކޮށްފަ އެވެ. އައިއޭއެސްއިން ވަނީ އެ އެއްބަސްވުމަށް ދެ ފަރާތުން އަމަލު ކުރަން އަންގައި އަމުރުކޮށްދިނުމާ އެކު ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިންމައިދިނުމަށް އެދިފަ އެވެ.
ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއުގެ މަގާމު ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި
ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއު މަގާމަށް އިންތިހާބުވި ޕާޓީން ވަކިވެ، އެހެން ޕާޓީއަކާ ގުޅިފައިވާތީ އޭނާ އެ މަގާމުން ވަކިވެއްޖެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފި އެވެ.
ތެލުން އިންޑިއާއިން ރާއްޖެ އަށް ލުއިތަކެއް ދީފި
އިންޑިއާއިން އެކްސްޕޯޓްކުރާ ތެލުން ނަގާ ދެ ބާވަތެއްގެ ޑިއުޓީ ނުނަގާ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމަނައިފި އެވެ.