ރޭސްޖަހަނިކޮށް ސައިކަލާއެކު މޫދަށް ވެއްޓި އައިސީޔޫގައި
ލ. ގަމުގައި ކުރިއަށް ގެންދިޔަ "ރޭސިން ޗެމްޕިއަންޝިޕް - ލާމު އެޑިޝަން" ގައި ދުއްވި ސައިކަލަކާ އެކު މޫދަށް ވެއްޓި ޒުވާނެއްގެ ހާލު ސީރިއަސްވެއްޖެ އެވެ.
ޕްލާސްޓިކް ހޮޅިއަށް ހުއްްދަދިނީ ދަތިވާތި: މިނިސްޓްރީ
ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ވަގުތީ ގޮތުން އުވާލީ އޭގެ ބަދަލުގައި ކަރުދާސް ހޮޅި ބޭނުން ކުރުމުގައި ހުރި ދަތިތަކާ ހެދި ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ބުނެފި އެވެ.
ހަ ބިދޭސީންގެ މައްޗަށް މަނީލޯންޑްރިންގެ ތުހުމަތު
ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރަށް ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ ގެންދަން އުޅުނު މައްސަލާގައި ހައްޔަރުކުރި ހަ ބިދޭސީންގެ މައްޗަށް ވެސް މަނީލޯންޑްރިންގެ ތުހުމަތުކޮށް 10 ދުވަހަށް ބަންދުކޮށްފި އެވެ.
ދަފްތަރު އުވާލީ މައްސަލަ ބޮޑުވުމުން، ސައްތާރުގެ އާއިލާއަށް ގޯތީގެ ފުރުސަތު ބަންދެއް ނުވޭ: ތޮއްޑޫ ކައުންސިލް
އއ. ތޮއްޑޫގެ ދަފްތަރު އުވާލީ ބިމުގެ އަގު ބޮޑު އެ ރަށުން ބިން ހޯދަން ގިނަ ބަޔަކު ދަފްތަރުގައި ޖެހެން ބޭނުންވެ ދިމާވަމުންދާ މައްސަލަތައް ގިނަވުމުން ކަމަށް ކައުންސިލްގެ ރައީސް އާދަމް ނަވީން މިއަދު ވިދާޅުވެއްޖެ އެވެ.
އެޑިޓަރުގެ ހޮވުން
ފިތުރޯނުގަސްތައް ނަގަނީ މޫލައި، ދަތިތައް ދިމާވާތީ: އެޗްޑީސީ
ފިތުރޯނުގަސްތައް ނަގަނީ މޫލައި، ދަތިތައް ދިމާވާތީ: އެޗްޑީސީ
ހުޅުމާލޭގައި މޭރީ ބްރައުން ހިންގާ އިމާރާތުގެ ކުރިމަތިން ވަރަށް ބޮޑަށް ހިޔާވާ ގޮތަށް ހެދިފައިވާ ފިތުރޯނު ގަސްތައް ނަގަނީ މޫލައި، ގިނަ ބަޔަކަށް ބޮޑެތި އުނދަގޫތައް ކުރިމަތިވާތީ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
ދަރޭތި
(ބުދަ ދުވަހާ ގުޅޭ)
ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާއި މި ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް
ބީއެމްއެލް އިން ބުނީ އެ ބޭންކު މާލީ ގޮތުން ވަރުގަދަ ކަމަށް. އަދި އެއީ ކަނޑައެޅިފައިވާ ރިސްކް އެޕެޓައިޓްތަކާއި ރެގިއުލޭޓަރީ މިންގަނޑުތަކާއި ހަރުދަނާ ގަވަނަންސާއި ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން ހިންގަމުންދާ ބޭންކެއް ކަން ވެސް ފާހަގަކުރި.
8،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު އޯލެވެލް އިމްތިހާން ފަށައިފި
ރާއްޖޭގެ އެކި ސަރަހައްދުތަކުން މި އަހަރު އޯލެވެލް އިމްތިހާނު ހަދާ 8،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު އޯލެވެލް އިމްތިހާން މިއަދު ފަށައިފި އެވެ.
ގާތަކުގެ ތެރޭގައި ތާށިވި މީހާ އެދިގެން ފަރުވާ މެދުކަނޑާލައިފިން: އައިޖީއެމްއެޗް
މާލޭގެ އުސްފަސްގަނޑާ ދިމާލުން ތޮށިގަނޑުގައި ހުރި ގާތަކުގެ ތެރޭގައި ތާށިވި މީހާ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އޭނާ ހޮސްޕިޓަލުން ގޮސްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.