އާސިފް ދޫކޮށްލީ 10 އަހަރުގެ ހުކުމް 5 ދުވަހަށް ކުރުކޮށްދީފައި
މަޖީދީ މަގުގައި ހުންނަ ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި އިސްމާއިލް އާސިފަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް އޭނާ ޖަލުން ދޫކޮށްލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އާސިފްގެ ހުކުމް ފަސް ދުވަހަށް ކުރު ކުރުމަށް ފަހުކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ރާއްޖެ އިޝްތިހާރުކުރަން ވަރުގަދަ ހަރަކާތެއް ފަށައިފި
އެމެރިކާ އިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ އެކު، ޔޫރަޕުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން މަދުވެފައި ވަނިކޮށް، ދެކުނު އިރުމަތީ އޭޝިއާގައި ރާއްޖެ އިޝްތިހާރު ކުރަން ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވަރުގަދަ ހަރަކާތެއް ފަށައިފި އެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެއްމެދު އިމާރާތްތައް ބަލަހައްޓާ ކޯޕަރޭޝަންތައް އުފައްދަން ފަށައިފި، ފުރަތަމަ ވިނަރެސް އަށް
ވިނަރެސް ފްލެޓުތަކުގެ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައި ނިމުމާއެކު، ހުޅުމާލޭގެ އެހެން އެއްމެދު އިމާރާތްތަކުގެ މެނޭޖްމަންޓު ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތްވެސް އެޗްޑީސީން ބުނި ގޮތުގައި އެ ކޯޕަރޭޝަނުން ކުރިއަށްގެންދާނެ އެވެ.
އެޑިޓަރުގެ ހޮވުން
މިދިޔަ މަހު ޑެންގީގެ ކޭސްތައް އާދަޔާ ހިލާފަށް ގިނަ
މިދިޔަ މަހު ޑެންގީގެ ކޭސްތައް އާދަޔާ ހިލާފަށް ގިނަ
ޑެންގީ ހުން ޖެހިގެން މިދިޔަ މަހު ރިޕޯޓުކުރި މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވެއްޖެ އެވެ.
ހިތަދޫ އުތުރު ދާއިރާ އަށް އިތުރު ދެ މީހެއްގެ ޝައުގުވެރިކަން
ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމްގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާތީ، އެ ދާއިރާ އަށް ވާދަކުރުމަށް އިތުރު ދެ ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.
މޮރިޝަސްއަށް ޗާގޯސް ހަވާލުކުރުން މަޑުޖައްސާލުމުން ރާއްޖެއިން މަރުހަބާ ކިޔައިފި
މޮރިޝަސްއަށް ޗާގޯސް ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލަން އިނގިރޭސިވިލާތުން ނިންމުމުން ރާއްޖެއިން މިއަދު މަރުހަބާ ކިޔައިފި އެވެ.
މަޖީދިއްޔާގެ ފުރަތަމަ އަންހެން ކެޕްޓަނަކަށް އީޝަލް
ފުރަތަމަ ފަހަރަށް މާޖީދިއްޔާ ސްކޫލަށް އަންހެން ކެޕްޓަނެއް އަދި އަމީނިއްޔާ ސްކޫލަށް ފިރިހެން ކެޕްޓަނެއް ހޮވިއްޖެ އެވެ.
ޑެންގީގައި ހާލު ސީރިއަސްވި ޒުވާނާ ނިޔާވެއްޖެ
ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ޒުވާނާ މިއަދު ނިޔާވެއްޖެ އެވެ.