"ޕީޖީއޯ 2.0 އާ އެކު މަސައްކަތްތައް ވަރަށް އަވަހަށް ނިންމޭނެ"
މިސާލެއްގެ ގޮތުގައި އައްބާސް ވިދާޅުވީ އޭސީސީން ތަހުގީގެއް ނިންމައި ދައުވާކުރަން 25 ފައިލެއް ފޮނުވުމުން އެ ކަރުދާސްތައް ދިރާސާކުރަން 2-3 މަސްދުވަސް މިހާރު ހޭދަވާ ކަމަށް. ނަމަވެސް "ޕީޖީއޯ 2.0"ގައި ބޭނުންކުރާ އޭއައި ޓެކްނޮލޮޖީގެ އެހީގައި އެއް ދުވަހުގެ ތެރޭގައި އެ ދިރާސާ ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި.
"ތިން މިނިސްޓްރީގައި ރޯވީ ގަސްދުގައި ހުޅުޖަހައިގެނެއް ނޫން"
ދެ މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން އައި ޓިނު ބިލްޑިން އާއި އެ ތަނާ ޖެހިގެން ހުންނަ ގްރީން ބިލްޑިންގައި ރޯވި އަލިފާނުގެ ބޮޑު ހާދިސާގެ ތަހުގީގު ނިމިފައިވާ ކަމަށާއި އެ ހާދިސާގައި "ހުޅު ޖެހުމުގެ" ހަމަލާއެއް ނުހިމެނޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ޑޮލަރު ނުލިބިގެންނެއް ނޫޅޭ، ނުލިބެނީ ބޭންކް ރޭޓުގައި: ފިރާގު
ރާއްޖޭގައި ޑޮލަރު ނުލިބިގެން ނޫޅޭ ކަމަށާއި، ނުލިބެނީ ބޭންކް ރޭޓުގައި އެކަނި ކަމަށް ޓްރެވަލް އޮޕަރޭޓަ، އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.
ބޮލަކަށް 500 ޑޮލަރުގެ މަގުން މާރުކުރުމުގެ އިހްތިޔާރު ފޮރެކްސް ގާނޫނުން އުނިކުރަނީ
ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ދީފައި އޮންނަ، ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ މަގުން މާރުކުރުމުގެ އިހުތިޔާރު އުވާލަން އެމްއެމްއޭއިން އެ ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
އެޑިޓަރުގެ ހޮވުން
ވިހޭތަނުން ކުއްޖަކު ދައުލަތަށް ނެގި ގޮތާ މެދު ކަންބޮޑުވުންތަކެއް!
ވިހޭތަނުން ކުއްޖަކު ދައުލަތަށް ނެގި ގޮތާ މެދު ކަންބޮޑުވުންތަކެއް!
އެ ކުއްޖާގެ މަންމަ ދިރިއުޅޭ މާހައުލާއި ނަފްސާނީ ހާލަތާއި އަތުގެ ނުކުޅެދުންތެރިކަމާއި އާއިލާ އިން ވެސް އަޅާލާނެ ބަޔަކު ނެތުމަކީ ދައުލަތަށް ކުއްޖާ ނަގަން ޖެހުނު ސަބަބުތައް ކަމަށް އާއިލާ އަށް ފޮނުވި ސިޓީގައިވޭ.
ދުވާލަކު އެވްރެޖުކޮށް ޑްރަގުގެ ފަސް އޮޕަރޭޝަން، 121 މިލިއަން ރުފިޔާގެ ތަކެތި އަތުލައިގެންފައިވޭ: ޕޮލިސް
މި އަހަރުގެ މިހާތަނަށް ދުވާލަކު އެވްރެޖުކޮށް ޑްރަގުގެ ފަސް އޮޕަރޭޝަން ހިންގާފައިވާ ކަމަށާއި އެ މަސައްކަތުން 121 މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންނާއި ސިފައިންގެ އަގުވައްޓާލާ ނަމަ ފިޔަވަޅު އެޅޭ ގޮތް ހަދަން ހޯމް މިނިސްޓަރު އެދިވަޑައިގެންފި
ފުލުހުންނާއި ސިފައިން ފަދަ ސަލާމަތީ ހިދުމަތްތަކާއި ދައުލަތުގެ މުހިއްމު އެހެން އިދާރާތަކުގެ އިއްޒަތާއި ކަރާމާތައި އަބުރު ނަގަހައްޓަން ބޭނުންވާ ގާނޫނީ ބަދަލުތައް ގެންނަން ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިވަޑައިގެންނެފި އެވެ.
"ނެޝަނަލް ޕޭމަންޓް ސްވިޗް" ކަނޑައެޅުމުގެ ބާރު އެމްއެމްއޭ އަށް ދެނީ
ރާއްޖޭގައި މިހާރު ބޭނުންކުރާ ޕޭމަންޓް ސިސްޓަމްތަކުގެ ތެރެއިން ވަކި ސިސްޓަމަކީ "ނެޝަނަލް ޕޭމަންޓް ސުވިޗް" ކަމަށް ކަނޑައެޅުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އޮންނަ ގޮތަށް ގާނޫނު ބަދަލުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސް މިއަދު މިއަދު ފަށައިފި އެވެ.
މީހުން ގެއްލުނު ހާދިސާގައި ކަން ހިނގި ގޮތެއް އަދި ނޭނގޭ، އިހުމާލުގެ ވާހަކަދެއްކުން ރަނގަޅެއް ނޫން: އިހުސާން
ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށް ދާތީ އެ ދޯނި ސަލާމަތްކުރަން އުޅެނިކޮށް ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ގެއްލުނު ހާދިސާގައި ކަންހިނގި ގޮތް އަދި ނޭނގޭ ކަމަށާއި އެ ހާދިސާގައި އިހުމާލެއް އޮތްކަމަށް ވާހަކަ ދައްކަން މިއީ އަދި ރަނގަޅު ވަގުތު ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.