ރިޔާސީ ރޭހަށް ނުކުންނެވުމާމެދު އިބޫ މަޝްވަރާ ކުރައްވަނީ
އެމްޑީޕީގެ ފަރާތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭ ކެންޑިޑޭޓަކު ހޮަވަން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާ މެދު އަރިސް ބޭފުޅުންގެ އިތުރުން އެ ޕްރައިމަރީގައި ވާދަކުަރައްވާނެ ކަމަށް ބެލެވޭ ބޭފުޅުންނާ އެކު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) މަޝްވަރާތައް ފަށްޓަވައިފި އެވެ.
އޭޑީބީން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް
މި ލޯނު ދިނީ ތެލުގެ އިމްޕޯޓަށް އެހީތެރިވެދީ، ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރަން ހިންގާ އެނާޖީ ސެކިއުރިޓީ އިމަޖެންސީ އެސިސްޓެންޓް ޕްރޮޖެކްޓްގެ ދަށުން
ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި
ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ތިން ބޭފުޅަކު ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު އައްޔަންކޮށް، އެ ބޭފުޅުން މަގާމުގެ ހުވާކުރައްވައިފި އެވެ.
ކުނި އުކާލުމުގެ ހިދުމަތް ހޯދުމަށް ފަހު މާލެ ސިޓީ ކައުންސިލުން 116 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތް: ވެމްކޯ
ކުނި އުކުމުގެ ހިދުމަތް ހޯދުމަށް ފަހު، މާލެ ސިޓީ ކައުންސިލުން ފައިސާ ނުދައްކާތާ ދެ އަހަރު ވެއްޖެ ކަމަށާއި އެ ބިލްތަކަށް 116 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާފައިވާ ކަމަށް ވެމްކޯ އިން މިރޭ ބުނެފި އެވެ.
އެޑިޓަރުގެ ހޮވުން
ދިރާގު ރޯޑް ރޭހުގައި ރަޖިސްޓްރީވާން ހުޅުވާލައިފި
ދިރާގު ރޯޑް ރޭހުގައި ރަޖިސްޓްރީވާން ހުޅުވާލައިފި
ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2026 ގައި ބައިވެރިވުމަށް ރެޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
ޒިޔަދަމްގެ މަރު: ޝަނޫން މަރަން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި
ލ. މުންޑޫގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލާގައި މަރަން ހުކުމްކޮށްފައިވާ މުހައްމަދު ޝަނޫންގެ މަރުގެ ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ނަޝީދުގެ ނުސީދާ ރައްދެއް އިބޫ އަށް: "ނަނާ ހުވަފެން ދުށީމޭ"
ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކުރައްވާ މަޝްވަރާތަކަށް، އެ ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިރޭ ފާޑުވިދާޅުވެއްޖެ އެވެ.
ސްޓޭޓް މިނިސްޓަރު ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވައިފި
ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ހޮސްޕިޓަލްގެ އާ އިމާރާތާ އެކު ވ. އަތޮޅުގައި ސިޒޭރިއަން ހަދަން ފަށާނެ: މިނިސްޓްރީ
ވ. ފެލިދޫގައި އަޅާ އެ އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތާ އެކު ސިޒޭރިއަންގެ ހިދުމަތް ވެސް ދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.