ޑޮލަރު ރޭޓާ ގުޅޭ މައުލޫމާތު އާންމުންނާ ހިއްސާކުރަންޖެހޭ
ރާއްޖޭގައި ޑޮލަރުގެ އަގު އުފުލިގެންދާނެ އަންދާޒާއެއް ވެސް މަރުަކަޒީ ބޭންކު، އެމްއެމްއޭ އަށް ނޭނގޭ ކަމަށާއި ޑޮލަރު ރޭޓާ ގުޅޭ މައުލޫމާތު އާންމުންނާ ހިއްސާ ކުރަމުން ގެންދިއުމަކީ މި ވަގުތަށް ވަރަށް މުހިންމު ކަމެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލުން ވެމްކޯއަށް 116 މިލިއަން ދައްކަންޖެހޭ
ކުނި އުކުމުގެ ހިދުމަތް ހޯދުމަށް ފަހު، މާލެ ސިޓީ ކައުންސިލުން ފައިސާ ނުދައްކާތާ ދެ އަހަރު ވެއްޖެ ކަމަށާއި އެ ބިލްތަކަށް 116 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާފައިވާ ކަމަށް ވެމްކޯ އިން މިރޭ ބުނެފި އެވެ.
ގޮނޑީގައި މިސްކިތަށް ނުވެއްދުމުގެ ޝަކުވާ ރައީސަށް
ނުކުޅެދުންތެރިކަން ހުންނާތީ ގޮނޑީގައި (ވީލްޗެއާ) ގައި އުޅޭ މީހަކު މާލެ ސަރަހައްދުގެ ދެ މިސްކިތަކަށް ނުވެއްދި މައްސަަލައިގެ ޝަކުވާ، ވީޑިއޯ ހެއްކާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެންނެވުމުން، އެކަން ހައްލު ކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހު ރައީސް ގޮވާލެއްވީ ފިތުނަ އުފައްދައި ގައުމަކަށް ނިކަމެތިކަން ގެންނަ ބަޔަކަށް ނުވުމަށް
"ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ކޮންމެ ފަހަރަކު ރާއްޖެ ދިޔައީ ގައުމަށް ހެޔޮ ނޭދޭ އަމިއްލަ އެދުން ބޮޑު ބައެއްގެ ހިޔާނާތުން. އެ ތަޖުރިބާ އަލުން އިޔާދަވާން ޖާގަދީގެން ނުވާނެ"
އެޑިޓަރުގެ ހޮވުން
ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ރައީސް މުއިއްޒާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި
ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ރައީސް މުއިއްޒާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި
ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝައިހު މުހައްމަދު ބިން ޒާއިދު އަލް ނަހްޔާން މިއަދު މަޝްވަރާކުރައްވައިފި އެވެ.
ޒިޔަދަމްގެ މަރު: ޝަނޫން މަރަން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި
ލ. މުންޑޫގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލާގައި މަރަން ހުކުމްކޮށްފައިވާ މުހައްމަދު ޝަނޫންގެ މަރުގެ ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ރިޔާސީ ރޭހަށް ނުކުންނެވުމާ މެދު ކުރީގެ ރައީސް އިބޫ ގާތްބޭފުޅުންނާ މަޝްވަރާ ކުރައްވަނީ
އެމްޑީޕީގެ ފަރާތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭ ކެންޑިޑޭޓަކު ހޮަވަން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާ މެދު އަރިސް ބޭފުޅުންގެ އިތުރުން އެ ޕްރައިމަރީގައި ވާދަކުަރައްވާނެ ކަމަށް ބެލެވޭ ބޭފުޅުންނާ އެކު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) މަޝްވަރާތައް ފަށްޓަވައިފި އެވެ.
އިންޑަސްޓްރީތަކުގެ މަޝްވަރާ ސީދާ ރައީސަށް ހުށަހެޅޭ ގޮތް ހަދަނީ
ރާއްޖޭގެ އިންޑަސްޓްރީތަކުގެ ހިޔާލާއި މަޝްވަރާ ސީދާ ގޮތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހެޅޭނެ ނިޒާމެއް ގާއިމްކުރައްވަން މަސައްކަތްޕުޅު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
އެތީސްޓް ފިކުރުން ޖީލުތައް ސަލާމަތް ކުރަން މަސައްކަތް ކުރުން
ތައުހީދުގެ އަގީދާ އަށް އުނިކަމެއް ނައިސް ދެމެހެއްޓުމަކީ އިސްލާމީ ޝަރީއަތުގެ މައިގަނޑު މަގުސަދުތަކުގެ ތެރެއިން ދީން ރައްކާތެރި ކުރުމަށްޓަކައި ލާޒިމު ކަމެކެވެ. ނަމަވެސް އަދުގެ މުސްލިމު މުޖުތަމައުތަކަށް ބަލާއިރު މިކަމަށް ހުރަސްއެޅޭ ގޮންޖެހުމެއް އެބައޮތެވެ. އެއީ އިލްޙާދީ (އެތީސްޓް) ފިކުރުގެ އޮއިވަރުތައް ވަރުގަދަވަމުން ދިއުމެވެ.